ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ކުރީގެ މެމްބަރު ނިހާދަށް ދީފި

ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ކުރީގެ މެމްބަރު ނިހާދަށް ދީފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، އެމްޑީޕީން، ޕީއެންސީއަށް ބަދަލުވި އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދަށް ދީފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނިހާދާއެކު، މިހާރު ޓޫރިޒަމް މިނިސްޓްރީގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ ތިނެކެވެ. އެއީ ނިހާދުގެ އިތުރުން ހާރިޒް މުހައްމަދާއި އަހްމަދު ނާޒިމް މުހައްމަދެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ނިހާދު ވާދައެއް ނުކުރައްވައެވެ.

ނިހާދު، އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުއެވެ. އެ ފަހަރު އެމްޑީޕީގެ ގިނަ މެމްބަރުން ތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއާ ގުޅިވަޑައިގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *