14 އަހަރަށް ފަހު ޔޫކޭއަށް ލޭބާ ޕާޓީގެ ސަރުކާރެއް

14 އަހަރަށް ފަހު ޔޫކޭއަށް ލޭބާ ޕާޓީގެ ސަރުކާރެއް

ޔުނައިޓެޑް ކިންގްޑަމްގައި ބޭއްވުނު އާންމު އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރަމުން ދާއިރު މިވަގުތު ވެރިކަމުގައި އޮތް ކޮންޒާވޭޓިވްގެ މައްޗަށް ކުރިހޯދާފައި ވަނީ ވާދަވެރި ލޭބަރ ޕާޓީން ނެވެ.

ޔޫކޭގެ ބީބީސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުން ސަރ ކިއަރ ސްޓާމާގެ ލީޑަރު ކަމުގެ ދަށުގައި ލޭބާ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބޭނެއެވެ. ކުރީގެ ޗީފް ޕްރޮސެކިއުޓަރ އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ލޯޔަރު ސްޓަމާ މަޖިލީހަށް ހޮވިފައި ވަނީ 2015 ވަނަ އަހަރު ގައެވެ.

އޭނާ ބޮޑުވަޒީރުކަމާ ހަވާލުވާނެ ކަމަށް އިނގިރޭސި ނޫސްތަކުގައި ބުނެފައިވެއެވެ. މިހާރު ޔޫކޭގެ ބޮޑުވަޒީރު ކަމުގައި ހުރި ރިޝީ ސުނަކުގެ ލީޑަރު ކަމުގެ ދަށުގައި އިންތިހާބުގައި ވާދަކުރި ކޮންޒާވޭޓިވް ޕާޓީއަށް މިފަހަރު ކުރިމަތި މިވީ މިގަރުނުގައި ވެސް އެޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ.

އެޕާޓީ ވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ. މި އިންތިޚާބުގެ އެގްޒިޓް ޕޯލްތައް ބުނާ ގޮތުން ލޭބާ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބެއެވެ. ކޮންޒާވޭޓިވް ޕާޓީއަށް ލިބެނީ 131 ގޮނޑިއެވެ. އެހެން ކަމުން 170 ސީޓުގެ ބޮޑު މެޖޯރިޓީއެއް ލޭބާ ޕާޓީއަށް ލިބޭނެއެވެ. މިއީ ސުޕަރ މެޖޯރިޓީއެއް ނަމަވެސް އެޕާޓީގެ ލީޑަރު ކަމުގައި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވަނީ 179 ސީޓުގެ މެޖޯރިޓީއެއް 1997 ގައި ބޭއްވި އިންތިހާބުން ހޯދާފައެވެ.

އެގްޒިޓް ޕޯލްތަކަކީ އިންތިހާބުގެ ރަސްމީ ނަތީޖާއަށް ނުވިނަމަވެސް އެންމެ ފަހުގެ އިންތިހާބުތަކުގައި އެގްޒިޓް ޕޯލްތަކުގެ ނަތީޖާތައް ގާތްގަނޑަކަށް ދިމާވެފައި ވެއެވެ. އިންތިހާބުގެ ވޯޓު ގުނުން ރަސްމީކޮށް އަދި ނުނިމޭތީ އަދި ސަރުކާރު އެކުލަވާލާނެ ޕާޓީ އިއުލާނެއް ނުކުރެ އެވެ. އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީގެ ލީޑަރަށް ސަރުކާރު އެކުލަވާލުމަށް ރަސްގެފާނު ޗާލްސް ދައުވަތު ދެއްވާނެ އެވެ.

އެގްޒިޓް ޕޯލް ތަކުގެ ނަތީޖާ ރަނގަޅު ވެއްޖެ ނަމަ ރިޝީ ސުނަކު ޑައުނިން ސްޓްރީޓް އިން ނުކުންނަން ޖެހޭނެ އެވެ. އަދި ސްޓާމާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *