ސަރުކާރުގެ އިގްތިސޯދީ ރީފޯމް ބިލަށް އެމްޑީޕީ ތާއީދު، އެކަމަކު މަހުގެ އަގު ދަށްކުރަން ތާއީދެއްނޫން

ސަރުކާރުގެ އިގްތިސޯދީ ރީފޯމް ބިލަށް އެމްޑީޕީ ތާއީދު، އެކަމަކު މަހުގެ އަގު ދަށްކުރަން ތާއީދެއްނޫން

މާލީ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދު ކޮށްފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެ ޕާޓީން ތާއީދުކުރާ ކަންކަން މަޖިލީހުގެ ތެރެއިން ފެންނާނެ ކަމަށާއި، އެގޮތުން ސަރުކާރު ރީފޯމްކުރުމާއި ގުޅޭ ތިން ބިލެއް މަޖިލީހުގައި އެބައޮތް ކަމަށާއި އެ ހުރިހާ ބިލަކަށް ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން ބިލަށްވެސް އަޅުގަނޑުމެން އެބަ ތާއީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

"މީގެތެރޭގައި އެބަހުރި 2024 ވަނަ އަހަރަށް އެމްޑީޕީގެ ފަރާތުން ބަޖެޓް ހުށަހަޅާފައި ހުރި ރީފޯމް އެޖެންޑާ. އޭގެތެރޭގައި ސަބްސިޑީ ރީފޯމް، އެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް." ޝަމްހީދު ވިދާޅުވިއެވެ.

އެމްޑީޕީން ތާއީދު ނުކުރާ ކަމަކީ މަހުގެ އަގު ދަށްކުރުން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު ހަރަދެއް މިހާރު ހިނގަނީ ސިޔާސީ މަގާމުތަކަށް ކަމަށާއި އަހަރުގެ މިހާތަނަށް އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 700-800 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"މި ހަރަދުތައް ކުޑަކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނެތް ބައިނަލްއަގުވާމީ މާލީ އިދާރާތައް ކޮންވިންސް ކޮށްދެވޭކަށް އަޅުގަނޑުމެން ސީރިއަސް ކަމަށް، ރާއްޖެ ސަލާމަތް ކުރަން،" އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *