މާފުށީ ޖަލުގެ ގޮޅި ތަކުން ބޮގަރުފުޅި ތަކެއް އަތުލައި ގެންފި

މާފުށީ ޖަލުގެ ގޮޅި ތަކުން ބޮގަރުފުޅި ތަކެއް އަތުލައި ގެންފި

ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަނުން ގުޅިގެން މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގަަައި ގޮޅިތައް ބަލައިފާސްކޮށް ހަތަރު ބޮގަރުފުޅި އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޮގަރުފުޅިތައް އަތުލައިގެންފައިވަނީ މާފުށި ޖަލަށް ގަވާއިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަންގައި މިއަދު މާފުށި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް އަތުލައިގެން ތަކެތި:

29 މޯބައިލް ފޯނު

17 ޗާޖަރު

12 ހެޑްސެޓް

3 ޕެންޑްރައިވް

3 އެއާޕޮޑް

3ކޭބަލް

2 ސިމް ކާޑު

4ބޮގަރު ފުޅި

އެ އޮޕަރޭޝަނުގައި 183 ފުލުހަކާއި 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބޮގަރަކީ ކޯންޗެއްތޯ؟ ރެލެއްތޯ؟ މަސްތުވާ އެއްޗެއްތޯ؟

Leave a Reply

Your email address will not be published. Required fields are marked *