އެމްޑީޕީން އިގްތިސޯދު ހިސާބުތައް ޖަހައިފައި ވަނީ ނާގާބިލު ސަރުކާރެއް ވެރިކަމަށް އަންނާނެ ކަމަށް ބަލައިގަނެއް ނޫން: އަމީރު

އެމްޑީޕީން އިގްތިސޯދު ހިސާބުތައް ޖަހައިފައި ވަނީ ނާގާބިލު ސަރުކާރެއް ވެރިކަމަށް އަންނާނެ ކަމަށް ބަލައިގަނެއް ނޫން: އަމީރު

ރާއްޖޭގެ އިގުތިސާދު މިހާރު ވެސް ދުޅަހެޔޮކޮށް އޮތީ ކޮވިޑުގެ ތެރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އެ ޕާޓީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައަދަލުވުމެއްގައި އަމީރު ވިދާޅުވީ އެއިރު އެފިޔަވަޅުތައް އެޅީ ހިސާބުޖެހުމަށް ފަހު ކަމަށާއި ފަހުން ކުރަންޖެހޭ ކަންކަން ވެސް އެނގި ތިބެގެން ކަމަށެވެ. އަދި އޭރު އެ ފިޔަވަޅުތައް އެޅިއިރު ރާއްޖޭގެ ވެރިކަމަށް ދެން އަަންނާނީ "ނާގާބިލު" އެ މަސައްކަތް ކުރަން ނޭނގޭ ބައެއް ކަމަށް ބަލައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

“އޭރު އަޅުގަނޑުމެންގެ ގްރޯތު ސްޓޯރީ އާއި ރިފޯމް އެޖެންޑާ, ރޭޓިން އެޖެންސީތައް, ފިޗުންނާއި މޫޑީސް އަދި އިންވެސްޓަރުންގެ ކޮންފިޑެންސް އޮތީމައި ބީ މައިނަސްގައި ހިފެހެއްޓުނީ. އެކަމު މި ސަރުކާރުން މިދިޔަ ހަތް މަސް ތެރޭ ކޮންމެވެސް ކަންކަމެއް ހިނގައިގެން އެ ކޮންފިޑެންސް ގެއްލުނީމައި ރޭޓިން ދަށްވީ” އަމީރު ވިދާޅުވި އެވެ.

"އެހެންވީމާ ޑެޓް ރީސްޓަކްޗަރިންނަށް ދާކަށް އަދި ގާތެއް ވެސް ނުވޭ. މިބޭފުޅުން އެބަ ޖެހޭ މާލީ ގޮންޖެހުންތައް މެނޭޖުކުރަން އެބޭފުޅުންގެ ޓްރެކް ބަދަލުކުރަން. އެބޭފުޅުން އިސްލާހުވާން,"

އަމީރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ދަރަނި ނެގުމުގެ އިތުރުން ދަރަނި އަދާކުރުމަށް ވެސް އެތައް ފައިސާއެއް ހަރަދު ކުރި ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް, މި ސަރުކާރުން އެކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"24 ބިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރު ތެރޭ އަދާކުރިން. އެއީ ޔާމީންގެ ދައުރުގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ސާވިސްކޮށްފައިވާނެ. 2022 ވަނަ އަހަރު މެޗުއަރވި [ދައްކަން ޖެހުނު] ސަނީ ސައިޑް ބޮންޑު ކާމިޔާބުކަމާ އެކު ރީފައިނޭންސް ކުރިން. އެއީ ރާއްޖޭގެ ދަރަންޏަށް ދިމާވި އެންމެ ބޮޑު ހިރާސް," އަމީރު ކިޔައިދެއްވި އެވެ.

އެ ބޮންޑަށް ފައިސާ ދެއްކުމަށްޓަކައި މާކެޓަށް ގޮސް 500 މިލިއަން ޑޮލަރު ހޯދުނު ކަމަށާއި އޭގެ ތެރެއިން 250 މިލިއަން ޑޮލަރުން އެ ބޮންޑު އަދާކުރި ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮވިޑާއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް އަހަރެއް އަރާނެ ކަމަށް ލަފާކުރި ކަމަށާއި ރާއްޖޭގެ އިގުތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *