ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒާއި ސްޓޭޓް މިނިސްޓަރ ޝަމްނާޒު ސަސްޕެންޑް ކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒާއި ސްޓޭޓް މިނިސްޓަރ ޝަމްނާޒު ސަސްޕެންޑް ކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އާދަމް ރަމީޒު އަދި އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރަމީޒާއި ޝަމްނާޒް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ކޮންމެ މައްސަލައެއް ކަމެއް ހީނާ ވިދާޅެއް ނުވެއެވެ.

ރައީސް މުއިއްޒަށް، ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޝަމްނާޒް ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.  ސިހުރު ހެދި މައްސަލައިގައި ފުލުހުން ރަމީޒަށް ތުހުމަތުކުރާކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ރަމީޒަކީ ރައީސް މުއިއްޒާއެކު މާލެ ސިޓީގައި ކައުންސިލްގައިވެސް މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ އަރިސް ބޭފުޅެކެވެ. އެންމެ ފުރަތަމަ ރައީސް އޮފީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ރަމީޒު ހިމެނޭއިރު، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ރަމީޒު ވަރަށް އިސްކޮށް ހަރަކާތްތެރިވެސް ވިއެވެ. ނަމަވެސް، މިފަހުން ސަރުކާރުގެ ހަރަކާތްތަކުން ރަމީޒެއް ނުފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *