ރައީސްގެ އިންޑިޔާ ދަތުރުފުޅަށް 1.4 މިލިޔަން ރުފިޔާ ޚަރަދުވި، އަރިހުގައި 20 ބޭފުޅުންގެ ވަފުދެއް

ރައީސްގެ އިންޑިޔާ ދަތުރުފުޅަށް 1.4 މިލިޔަން ރުފިޔާ ޚަރަދުވި، އަރިހުގައި 20 ބޭފުޅުންގެ ވަފުދެއް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އަރިހުގައި ދިވެހި ވަފްދުގެ ގޮތުގައި 20 ބޭފުޅަކު އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެއީ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ހުރިހާ ބޭފުޅުންގެ ދަތުރުގެ ޚަރަދަށް 1،440،170.33 ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެއީ ބޮލަކަށް 72،000 ރުފިޔާ އެވެ. މީގެކުރިން އެކި ޚަަދުތަކަށް ވަކިން ޚަރަދުވި މިންވަރު ރައީސް އޮފީހުން އާންމު ކުރި ނަމަވެސް މިފަހަރު އާންމުކުރީ ޖުމްލަ އަދަދެވެ.

މޯދީ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އިންޑިޔާގެ ސަރުކާރުގެ ފަރާތުން ލިބިފައިވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމުން ސަރުކާރުގެ ވަފުދުން އިންޑިއާއަށް ގޮސްފައިވަނީ ލަންކާ އަދި ދުބާއީ މަގުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ގައުމު ތަކުގައި ޓްރާންސިޓުގައި ގިނަ ވަގުތު ތަކެއް ހޭދަވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *