މިސްކިއްތައް ހިމެނޭގޮތުން އެކި ތަންތަނުން ވައްކަން ކުރުން އިތުރުވެފައިވާއިރު، ވައްކަންކުރާ މީހުންގެ ތެރެއިން މާލޭގައި އުޅޭކަމަށް ފާހަގަ ވަނީ އެންމެ 46 މީހުން ކަމަށް ހޯމް މިިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މައުލޫމާތު ދެއްވަމުން މިނިސްޓަރު މިހެން ވިދާޅުވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިމް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވީ މިހާރު ވައްކަން ކުރުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމަށެވެ. އެކަން ހައްލު ކުރުމަށް އޮތް ސަރުކާރުގެ ސިޔާސަތާބެހޭ ގޮތުން މެމްބަރު ކުރެއްވި ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ވައްކަން ކުރާކަމަށް ފާހަގަ ކުރެވޭ އެ 46 މީހުންނާ 4000 ފަަހަރު އެކި ގޮތްގ ޮތުން ފުލުން އިންޓްރެކްޝަން ވެފައިވާ ކަމަށެވެ.
އޭގެ ތެެރެއިން އެންމެ ކްރިޓިކަލް ކަމަށް ފާހަގަކުރެވޭ 21 ވަގުންނަށް ޓާގެޓް ކޮށްގެން މިދިޔަ ހަފްތާއިން ފެށިގެން އޮޕަރޭޝަނެއް ހިންގައި އޭގެ ތެރެއިން 10 މީހުން ނެޝަނަލް ޑްރަގު އެޖެންސީގެ ފަރުވާއަށް ނަގާފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން އެކި މައްސަލަ ތަކުގައި ޕޮލިސް ކޭސް ތަކެއްގައި ބަންދު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ދެން ބާކީ ތިބި ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ މައްސަލައަކީ އަޅުގަނޑުމެން އޭނަ ހައްޔަރު ކޮށްގެން އޭނަގެ ޔޫރިން ޕޮޒިޓިވް ވެގެން އެއް ކޯޓަށް ގެންދިޔައީމަ އެމީހުން ބުނާނެ ނޫނެކޭ، ތިޔައީކީ ޑްރަގް މައްސަލައެއް ނޫނޭ، ތިއީ ކްރިމިނަލް މައްސަލައެކޭ، ކުރިމިނަލް ކޯޓަށް ގެންދިޔައިމަ ބުނެފާނެ ތިޔައީ ޑްރަގް މައްސަލައެކޭ، އެހެންވީމަ ޤާނޫނުގައި ސާފުކޮށް ބައެއް ކަންކަން އެބަޖެހޭ ބަޔާން ކުރަން މިކަހަލަ ހާލަތުގައި މީނަ ގެންދަން ޖެހެނީ ކުރިމިނަލްކޯޓަށޭ، ބައެއް ފަހަރަށް ކޯޓުގެ އިހުތިސާސް ނެތޭ ކިޔައިފަ އެމީހުން އެބަ ދޫކުރޭ، 24 ގަޑިއިރަށް ވުރެން ގިންއިރު އެމީހުން ބަންދުކޮށްފައި ބެއިތިއްބުމުގެ ބާރެއް ފުލުހުންނަކަށް ނޯވޭ،" މިނިސްޓަރު ވިދާޅުވިއެވެ.