ކ.ތިލަފުށީގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔާމަނުން މިހާރު ވަނީ ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް މިއަދު 14:35 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
މިގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ މިއަދު 15:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.