މާލެއިން ފުރައިގެން، ތ. ކިނބިދޫއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައި، އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައިފައި ވަނީ މިއަދު ހަވީރު 5:00 ޖެހިއިރު ކަމަށެވެ. އެކްސިޑެންޓް ވެފައި ވަނީ ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.