ކަންނެލި މަސްވެރިންނަށް ގެއްލުންވާ ގޮތަށް ލޭނު އެޅުމުގެ ހުއްދަ ނުދޭނަން: ޝިޔާމް

ކަންނެލި މަސްވެރިންނަށް ގެއްލުންވާ ގޮތަށް ލޭނު އެޅުމުގެ ހުއްދަ ނުދޭނަން: ޝިޔާމް

ބޮޑުކަންނެލީގެ މަސްވެރިންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ ގޮތަކަށް ލޭނު މަސްވެރި ކަމަށް ފުރުސަތު ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ތައްޔާރު ވަމުންދާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ވަނީ ރައީސް އޮފީހުގެ ކުރިމަތީގައި އަދި ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާއަށް ވަޑައިގެން މަސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ އެއްވެސް ހުއްދައެއް ސަރުކާރުން މިހާތަނަށް ދީފައިނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތީ ދައުލަތަށް އާމްދަނީ ލިބެން ހުރި ހުރިހާ ކަމެއް ކުރަން މަޖުބޫރުވާ ހިސާބުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށްވަންޏާ ކަންނެލި މަސްވެރިންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ ގޮތަށް ނޫނީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަތިން ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަދޭނީ މަސްވެރިންނާ މަޝްވަރާ ކުރުމަށްފަހު މަސްވެރިންގެ ޚިޔާލުވެސް ހޯދައިގެން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުން ހުއްދަ ކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައިވަނީ ދައުލަތައް އާމްދަނީ ހޯދުމުގެ ގޮތުން ކަމަށެވެ. ޝިޔާމް ވިދާޅުވީ އެ މަޝްވަރާ ތަކުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ސަބަބުން ދިމާވާނެ ގެއްލުންތަކާއި މެދު މަޝްވަރާކޮށް އެކަންކަން ދެނެގަނެވިފައިވާ ކަމަށެވެ. އެހެން ކަމުން ކަންނެލި މަސްވެރިންނަށް ގެއްލުންވާ ގޮތަކަށް ސަރުކާރުން އެކަން ނުކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *