ގޯތި ދޫކުރި ގޮތުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުމެއް

ގޯތި ދޫކުރި ގޮތުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުމެއް

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ހިލޭ ބިން ދޫކުރުމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އެޗްޑީސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހުޅުމާލެއިން ހިލޭ ބިން ދޫކުރަން ނިންމައި އެ ބިންތައް ސަރުކާރަށް ނެގުމުގެ ސަބަބުން އެޗްޑީސީއަށް ބޮޑު ގެއްލުމެއް ލިބި އެ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭން ޖެހޭނެއެވެ.

އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ތަފުސީލު:

–  ބިމުގެ އަގު ނުލިބުމުން ލިބޭ ގެއްލުން: 7.7 ބިލިއަން ރުފިޔާ

–  ބިން ވިޔަފާރީގެ ބޭނުނަމަށް ބޭނުން ކުރުމުން ލިބޭ އާމްދަނީ ނުލިބުމުގެ ގެއްލުން: 3.3 ބިލިއަން ރުފިޔާ

އޮޑިޓް ރިޕޯޓުގައި ބުނީ އެޗްޑީސީއަށް ބިމުގެ އަގު ނުލިބުމުން ސަބަބުންނާއި ހިލޭ ދޫކޮށްލި ބިންތައް ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމުން އެ ކުންފުންޏަށް ލިބެން އޮތް އާމްދަނީ ނުލިބުމުން ކުރިމަތިވާ ގެއްލުން އެއްކޮށްލުމުން ޖުމްލަ 11 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ގޯތި ދޫކުރުމަކީ ސަރުކާރަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭ ކަމެކެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އަހަރު ތަކުގައި ފެންނަމުންދާނެ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *