އެމްޑީޕީގެ ލީޑަރޝިޕުން، އަންހެނުންގެ ރޫޙާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ލީޑަރޝިޕުން އަންހެނުންގެ ރޫޙާ ބައްދަލު ކޮށްފި

އެމްޑީޕީގެ ލީޑަރޝިޕުން އަންހެނުންގެ ރޫޙާ ބައްދަލު ކޮށްފި

އިދިކޮޅު އެމްޑީީގެ ލީޑަރޝިޕްގެ ބޭފުޅުން، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގެ ނާކާމިޔާބަށް ފަހު، އެ ދެ އިންތިޚާބު ނާކާމިޔާބުވި ސަބަބު ހޯދުމަށް އެ ޕާޓީން ދިރާސާ ކުރަމުން އަންނައިރު، ޕާޓީގެ އަންހެނުންގެ ރޫޙުގެ އިސްބޭފުޅުންނާއި، ޕާޓީގެ ލީޑަރޝިޕުން ބައްދަލު ކުރިކަން އެ ޕާޓީގެ ރަސްމީ ޓްވިޓާރ އެކައުންޓުން ހާމަ ކުރިނަމަވެސް، ބައްދަލުވުމުގައި ދެކެވުނީ ކޮންވާހަކައެއް ކަމެއް އެޕާޓީން ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކުރީ ބައްދަލު ކުރެއްވި ކަމެވެ.

މި ބައްދަލުވުމުގައި ޕާޓީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލްވެސް ބައިވެރިވެވަޑައިގަތެވެ. އަންހެނުންގެ ރޫޙުގެ ފަރާތުން އެ ރޫޙުގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް އާއި އެހެން ބަޔެއް ބޭފުޅުންވެސް ބައިވެރިވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ މެމްބަރުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލު ކުރިއިރު، އަންހެނުންގެ ރޫހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން، ނައިބު ރައީސް ކަމުގައި ހުންނެވި ފާތިމަތު ސަމީރު ވަނީ އެކްސް މެދުވެރިކޮށް ވިދާޅުވެފައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ސިއްޙީ ޙާލަތު ހުރިގޮތުން މިވަގުތު އެފަދަ ކަމެއްގައި އުޅެން ދަތިވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *