އިންޑިޔާ، ރާއްޖެ އަލުން ގުޅުން ރަނގަޅު ކުރާތީ ނަޝީދުގެ ޝުކުރު މޯދީ އާއި މުއިއްޒުއަށް

އިންޑިޔާ، ރާއްޖެ އަލުން ގުޅުން ރަނގަޅު ކުރާތީ ނަޝީދުގެ ޝުކުރު މޯދީ އާއި މުއިއްޒުއަށް

ރާއްޖެއާއި އިންޑިޔާ ދެމެދު އޮންނަ ގުޅުން މި ސަރުކާރުގައި ހީނަރުވެފައި ވާތީ، އަލުން ދެ ގައުމުގެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް، ދެ ގައުމުގެ ވެރިން ކުރައްވަމުންދާ މަސައްކަތައް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ ޝުކުރު އަދާ ކުރައްވައިފިއެވެ.

ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތްވުން ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާ ކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވައި އެގައުމަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި ތިބެ ކުރިއަށް ގެންދިޔަ "އިންޑިޔާ އައުޓް" ކެމްޕޭނާ ދެކޮޅަށްވެސް ނަޝީދު ވަނީ ވަރަށް ދެކޮޅު ހައްދަވައި އެކަމަށް ފާޑު ކިޔައިފައެވެ. ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖެއަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އިންޑިޔާއެކު ގާތް ގުޅުމެއް ބާއްވައި "އިންޑިޔާ ފަސްޓް ޕޮލިސީ" ދެމެހެއްޓުން ކަމަށެވެ.

އިންޑިޔާގެ ބޮޑު ވަޒީރު މޯދީވެސް އަދި ރައީސް މުއިއްޒުވެސް ވަނީ ދެގައުމުގެ ގުޅުން ކުރިން އޮތް ވަރަށް ރަނގަޅު ކުރަން ބޭނުންވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *