ވައިގެ މަގުން އެތެރެ ކުރަން އުޅުނު 17 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިފި

ވައިގެ މަގުން އެތެރެ ކުރަން އުޅުނު 17 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިފި

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން ބުނެފިއެވެ.

ކަސްޓަމުން ބުނީ މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި 5،670 ގްރާމްގެ ކޮކެއިން، 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ، 300 ގްރާމްގެ ހެރޮއިން އަދި 180 ގްރާމްގެ ސިންތެޓީކް ކެތިނޯން އަތުލައިގަނެފައިވާ ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު 17.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ އެތަކެތި އަތުލައިގަނެފައި ވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށާއި ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށް ކަސްޓަމުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *