މަޖިލިސް ކުރީމަތީ ހުރި ސައިކަލް ތަކުގައި ރޯކޮށްލި މީހާގެ ބަންދަށް 30 ދުވަސް

މަޖިލިސް ކުރީމަތީ ހުރި ސައިކަލް ތަކުގައި ރޯކޮށްލި މީހާގެ ބަންދަށް 30 ދުވަސް

ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކުގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާއި  ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މެދުޒިޔާރަތް މަގުގެ ހޮޓެލް ޖެން ކައިރީގައި އޮންނަ ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު 3:03 ހާއިރެވެ. އަލިފާން ރޯކޮށްލުމާއި ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *