މޯދީ ދިވެހިންނަށް: ތިޔައީ ގާތް އަވައްޓެރިއެއް، މުހިންމު ބައިވެރިއެއް

މޯދީ ދިވެހިންނަށް: ތިޔައީ ގާތް އަވައްޓެރިއެއް، މުހިންމު ބައިވެރިއެއް

ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އަވައްޓެރިއެއްގެ އިތުރުން އަގު ހުރި ބައިވެރިއެއް ކަމުގައި ވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ އިންޑިޔާގެ އިންތިޚާބުގައި އެ މަނިކުފާނުގެ ބީޖޭޕީއާ ކޯލިޝަން ޕާޓީ ތަކަށް ލިބުނު ކާމިޔާބަށް މަރުޙަބާ ވިދާޅުވެ ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުންނެވެ.

ތިން ވަނަ ފަހަރަށް ބޮޑުވަޒީރުކަން ދިފާއު ކުރެއްވި، މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ އަގުހުރި ބައިވެރިޔާ އަދި ގާތް އަވަށްޓެރި ޤައުމެއް ކަމަށެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށްވުރެވެސް ގާތުން އެކީގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އިންޑިޔާގެ އާއްމު އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރުމުން، ރައީސް މުޢިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ބީޖޭޕީ އާއި އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް(އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ތަރައްޤީއާއި ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *