ރާއްޖޭގެ ސްކޫލެއްގެ ޕްރީސްކޫލް ދަރިވަރުން ތަކެއް ކްލާހުގައި

ކްލާސް ތަކަށް ޚާއްސަ ވަކިވަކި ވައިބާރ ގްރޫޕުތަށް ނުހެދުމަށް މިނިސްޓްރީން އަންގައިފި

ކްލާސް ތަކަށް ޚާއްސަ ވަކިވަކި ވައިބާރ ގްރޫޕުތަށް ނުހެދުމަށް މިނިސްޓްރީން އަންގައިފި

ސްކޫލް ދަރިވަރުންނަކީ ކިޔެވުމުގެ ކަންކަމުގައި ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި ކްލާސް ތަކަށް ޚާއްސަ ވައިބާރ  ގްރޫޕުތަށް ނުހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސްކޫލް ތަކަށް ފޮނުވި ސާކިއުލާރ އެއްގައި ވަނީ ސްކޫލް ތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ސްކޫލުގެ ފަރާތުން ބެލެނިވެރިންނާ މުއާމަލާތް ކުރަން ސޯޝަލް މީޑިޔާ ބޭނުން ކުރަންވީ ގޮތްތަކެއް އަންގައިފައެވެ.

އެގޮތުން ސްކޫލު ތަކުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުންކުރާ ވައިބާރ ގްރޫޕްތައް ފަދަ ސޯޝަލް މީޑިޔާ  ޕްލެޓްފޯމް ތަކަކީ އެއް ފަރާތުން މުއާމަލާތް ކުރާ ކޮމިއުނިޓީ ގްރޫޕްތަ ކަކަށް ހަދަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

އަދި ވަނީ ރަސްމީ މުއާމަލާތްތައް ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތައް ވަކިވަކި ކީ ސްޓޭޖް ތަކަކަށް ނުވަތަ ގްރޭޑް ތަކަކަށް ޚާއްސަ ކުރަން ސްކޫލްތަކަށް އަންގައިފައެވެ.

ދެން އަންގައިފައި ވަނީ މުދައްރިސުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ވަކިވަކި ކްލާސް ތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *