ކޮމިޓީތައް ފާސްކުރިއިރު، މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް އަވަސް ކުރުމަށް

މަޖިލީހުގެ ދާއިމީ ކޮމިޓީތައް ފާސް ކޮށްފި

މަޖިލީހުގެ ދާއިމީ ކޮމިޓީތައް ފާސް ކޮށްފި

ޤާނޫނުގެ އަސާސީގައި ކަނޑައަޅާފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގައި ތިއްބަވާނެ މެންބަރުން ކަނޑައަޅައި މަޖިލީހުން މިއަދު ފާސްކޮށްފިއެެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް ވާތީ ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ އޮތީ އެޕާޓީއަށެެވެ. އެހެން ނަމަވެސް މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ޕާޓީ ތަކެއްގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ކޮމިޓީ ތަކުގައި ވަނީ ހިމަނައިފައެވެ.

މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެދުގައި ބޭއްވި ކުރި މަޝްވަރާއަށް ފަހު ޕާޓީ ތަކުން ހުށަހެޅި މެންބަރުން ހިމަނައިގެން މިއަދުގެ ޖަލްސާއިން ކޮމިޓީތައް ފާސްލުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

ބައެއް މުހިއްމު ކޮމިޓީ ތަކުގެ އެކުލެވުން:

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބާރުގަދަ ކޮމިޓީއަކީ 241 ކޮމިޓީއެވެ. އެއީ ޤާނޫނު އަސާސީގެ 241 ވަނަ މާއްދާއިން އުފައްދާ ފައިވާ ކޮމިޓީއެކެވެ. އެކޮމިޓީގައި ތިއްބަވަނީ 13 މެންބަރުންނެވެ. އޭގެ އިތުރުން ދާއިމީ ކޮމިޓީ ތަކުގެ ގޮތުގައި މަޖިލީގުގައި އެކި ދާއިރާތަކާ ގުޅޭ 17 ކޮމިޓީއެއް ހިމެނެއެވެ. ދާއިމީ ކޮމިޓީތަކުގައި ތިއްބަވަނި 11 މެންބަރުންނެވެ.

241 ކޮމިޓީ:

މި ކޮމިޓީގައި ހިމެނެނީ ޕީއެންސީގެ 8 މެންބަރުންނާއި އެހެން ކޮންމެ ޕާޓީ އަކުން މެންބަރަކާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެކެވެ.

މާލިއްޔަތު ކޮމިޓީ:

މިކޮމިޓީގައި ތިއްބަވަނީ އެމްޑީޕީގެ 2 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެންބަރަކާއި ދެން ޕީއެންސީ މެންބަރުންނެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ:

މި ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި އެމްއެންޕީ މެންބަރެއްގެ އިތުރުން ޕީއެންސީ މެންބަރުންނެވެ.

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ:

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުންނެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ:

މި ކޮމިޓީ އެކުލެވިގެން ވަނީ، ޖުމްހޫރީ ޕާޓިގެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 9 މެންބަރުން ހިމަނައިގެންނެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ:

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުންނެވެ.

ޖުޑިޝަރީ ކޮމިޓީ:

މި ކޮމިޓީގައި ތިއްބަވަނީ ޕީއެންސީގެ 9 މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.

ލާމަރުކަޒީ ކޮމިޓީ:

ހިމެނި ވަޑައިގަންނަވަނީ ޕީއެންސީގެ 9 މެންބަރުންނާއި އެމްޑީޕީގެ މެންބަރަކާއި ވަކި ޕާަޓީއަކށް ނިސްބަތްނުވާ މެންބަރެކެވެ.

ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީ:

ތިއްބަވަނީ ޕީއެންސީގެ 9 މެންބަރުންނާއި އެމްޑީޕީ 2 މެންބަރުންނެވެ.

ޤައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ:

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ 9 މެންބަރުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ:

ތިއްބަވަނީ ޕީއެންސީގެ 8 މެންބަރުންނާއި އެމްޑީޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ މެންބަރެކެވެ.

މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީ:

ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ 9 މެންބަރުންނާއި އެމްޑީޕީ އާއި އެމްއެންޕީން މެންބަރެކެވެ.

އިޖްތިމާއީ ކޮމިޓީ:

ތިއްބަވަނީ އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ 9 މެންބަރުންނެވެ.

އިޤްތިސާދީ ކޮމިޓީ:

ހިމެނިވަޑައިގަންނަވަނީ އެމްޑީއޭގެ މެންބަރަކާއި އެމްޑީޕީގެ 3 މެންބަރުންގެ އިތުރުން ޕީއެންސީގެ 7 މެންބަރުންނެވެ.

މާލިއްޔަތު ކޮމިޓީ :

އެކުލެވިގެންވަނީ ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ 2 މެންބަރުންނާއި ޕީއެންސީގެ 8 މެންބަރުންގެ މައްޗަށެވެ.

ޤަވާއިދު ކޮމިޓީ:

އެމްޑީޕީ އާއި އެމްޑީއޭއިން މެންބަރަކާއި ޕީއެންސީގެ 9 މެންވބަރުންނެވެ.

އިމްތިޔާޒާއި ސުލޫކު ކޮމިޓީ:

ތިއްބަވަނީ އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުންނެވެ.

ޕެޓިޝަން ކޮމިޓީ:

މި ކޮމިޓީގައި ހިމެނެނީ އެމްޑީއޭ އާއި އެމްޑީޕީން މެންބަރަކާއި ޕީއެންސީގެ 9 މެންބަރުންނެވެ.

އާއްމު ކޮމިޓީ:

މި ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީއާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ 9 މެންބަރުންނެވެ.

މިއަދުގެ ޖަލްސާއިން ކޮމިޓީތައް ފާސް ކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މިއަދު 2:00 އިން ފެށިގެން ކޮމިޓީ ބައްދަލުވުން ތަަކަށް ކިއުއްވާނެ ކަމަށެވެ. އެއީ ކޮމިޓީ ތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިތުން އިންތިޚާބު ކުރެއްވުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އުއްމީދު ކުރައްވަނީ މިއަދާއި މާދަމާ އެ މަސައްކަތްތައް ކުރިއަށްގެންގޮސް ނިންމެވުމަށްފަހު، ވީހާ އަވަހަކަށް ކޮމިޓީތަކާއި މަސައްކަތްތައް ހަވާލު ކުރެއްވުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކުރީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހުން މިހާރުގެ 20 ވަނަ މަޖިލީހަށް މަސައްކަތް ތަކެއް ނަގުލުވެފައި ހުރުމުން، ކޮމިޓީގެ މަަސައްކަތްތައް އަވަށް ފެށުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *