މުހައްމަދު ޒައިދާން

ކޯސްޓްގާޑުގެ ޓްރޭނިންގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ސިފައިންގެ މީހަކު މަރުވެއްޖެ

ކޯސްޓްގާޑުގެ ޓްރޭނިންގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ސިފައިންގެ މީހަކު މަރުވެއްޖެ

ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ޓްރެއިނިން އެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ސިފައިންގެ މީހަކު ނިޔާ ވެއްޖެއެވެ.

ނިޔާވެފައި ވަނީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު ޒައިދާން ނަމަކަށް ކިޔާ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދީފައި ވަނީ ޒައިދާންގެ ފަލަމަސްގަނޑަށެވެ.

މިޔަރުގެ ހަމަލާއާއި ގުޅިގެން ޒައިދާންގެ ހާލު ސީރިއަސްވެ، ފަރުވާ ދީފައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ޒައިދާން ނިޔާވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ޒިދާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *