މަރުވި މީހާ އޮތީ ދެފަޅިއަށް ފެޅިފައި

މަރުވި މީހާ އޮތީ ދެފަޅިއަށް ފެޅިފައި

މިއަދު ހެނދުނު އދ. މާމިގިލިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ލޯންޗެއް، އދ. ދަނގެތީ ކައިރީ ފަޅެއްގެ ކައިރިއަށް ފާނަ ބާނަން އެރި އޮތް މީހެއްގެ ގައި މައްޗަށް އަރައިގެން ދިޔުމުން މަރުވި މީހާ އޮތީ ދެފަޅިއަށް ފެޅިފައި ކަމަށް މަންޒަރު ދުށް ބަޔެއް މީހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ބާރު ސްޕީޑުގައި ގޮސް އަރައިގެން ދިޔައީ ފާނަ ބާނަން އޮތް ބަންގްލަދޭޝްއަށް އުފަން ސައްދާމް ޙުސައިންގެ ގައި މަތިންނެވެ. އޭނާއަކީ ފ. ފީއަލީ "ޓްވިންސް" ދޯނިން ފާނައަށްދާ ފަޅުވެރިއެކެވެ.

މިއަދު ހެނދުނު 7:55 ހާއިރު ހިނގި މި ޙާދިސާގައި މަރުވި މީހާ ފެނުނު ބަޔެއް މީހުން ބުނީ ސައްދާމްގެ ހަށިގަނޑު އޮތީ ކިރިޔާ ދެފަޅި ވަކިނުވެ ކަމަށެވެ. ބަޔެއް މީހުން ބުނީ ދެބުރި ވަކިނުވެ އޮތީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށެވެ. ސައްދާމްގެ ބޯވެސް ދެފަޅިއަށް ފަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް ބަޔެއް މީހުން ބުނެއެވެ. މަންޒަރު ދުށް މީހުން ބުނަނީ ބެލެވޭ ގޮތުގައި ލޯންޗު އަރައިގެން ގޮސްފައި ވަނީ ސައްދާމްގެ ހަށިގަނޑު ދެފަޅިއަށް ކަފައިގެންދާ ކަހަލަ ގޮތަކަށެވެ. ލޯންޗު ގޮސް ސައްދާމްގެ ގައި މައްޗަށް އެރުމާއެކު އޭނާ އޮތް ތަން ލެއިން ރަތް ވެގެންދިޔަ މަންޒަރު ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިޔޯ އިންވެސް ފެނެއެވެ.

ސައްދާމްގެ ގައި މައްޗަށް އެރި ލޯންޗު ދުއްވަން އިނީ މާމިގިއްޔަށް އުފަން ދިވެއްސެކެވެ. މި ޙާދިސާއާއި ގުޅިގެން ލޯންޗު ދުއްވަން އިން ކެޕްޓަނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *