ބަސް ޓާމިނަލް ކައިރީތިބި މީހުންނަށް ކުރިމަތި ފަރާތް ދެއްކި މީހަކު ހައްޔަރު ކޮށްފި

ބަސް ޓާމިނަލް ކައިރީތިބި މީހުންނަށް ކުރިމަތި ފަރާތް ދެއްކި މީހަކު ހައްޔަރު ކޮށްފި

އެމްޓީސީސީގެ ބަސް ޓާރމިނަލް ސަރަހައްދުގައި ތިބި އަންހެނުން ތަކަށާއި ކުޑަކުދިންނަށް ޖިންސީ ގުނަވަން ދައްކަމުންދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ ނ. ވެލިދޫއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުގަައިވާ ގޮތުން އޭނާގެ ބަންދަށް 15 ދުވަސް ޖެހީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި އޭނާއަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް ވަރަކަށް ފުލުހުން ހެކި ހުށަހަޅައިފައިވާތީއެވެ.

އޭނާގެ ބަންދު އަމުރުގައި ބުނީ ބަސް ޓާމިނަލް ސަރަހައްދުގައި ހުރި ފިރިހެނަކު އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގުނަވަން ދައްކަމުންދާ ކަމަށް އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

ފުލުހުން ދިޔުމުން މައްސަލައިގައި ހައްޔަރުކުރި މީހާ ވަނީ އިސްކަންދަރު މައިޒާނުގެ ތެރެއަށް ވަދެފައި ކަމަށެވެ. ފުލުހުން އިސްކަންދަރު މައިޒާން ތެރެއަށް ވަދެގެން ބެލިއިރު އޭނާ އެތަނުގައި ޓޭކް އަވޭ ތަނުގައި ކައިރީގައި ހުރި ކަމަށާއި ފުލުހުން އޭނާ ގޮސް އޭނާ ހުއްޓުވައި، ސުވާލު ކުރުމުން ހަޑި ހުތުރު ބަހުން އޭނާ ފުލުހުންނާއި މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ފުލުހުން އޭނާއާ ސުވާލު ކުރުމުން އެތަނުން ގޮސް ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯއަށް ހުރަސް އެޅޭގޮތަށް މަގު މެދަށް ނުކުމެގެން ދާން ފެށުމުން ދުއްވާ އެއްޗެއްސަަށް އުނދަގޫވި ކަމަށާއި، މިއާއެކު ސީންގައި ހަރަކާތްތެރިވި ފުލުހަކު އެނާ އެއް ފަރާތަކަށް ގެންދަން އުޅުމުން، އެ ފުލުސް މީހާގެ މޫނު މަތީގައި ޖެހި ކަމަށްވެސް ވެއެވެ.

އަދި އެތަނުގައި ހުރި އެހެން ފުލުހަކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެ ފުލުސް މީހާގެ ގައިގައި ޖެހި ކަމަށާއި، އެއާއެކު އެ ފުލުސް މީހާ އަަޅުވައިގެން ހުރި ބޮޑީ ވޯން ކެމެރާ އަދި ޓޯކީ މަގުމައްޗަށް ވެއްޓުނު ކަމަށް އަމުރުގައި ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *