ބާވެހިކަލް ދޫކޮށްލަން ބޭނުންވާ މީހުންނަށް ޚާއްސަ ޕްރޮގްރާމެއް ތައާރަފް ކުރަނީ

ބާވެހިކަލް ދޫކޮށްލަން ބޭނުންވާ މީހުންނަށް ޚާއްސަ ޕްރޮގްރާމެއް ތައާރަފް ކުރަނީ

ބާވެފައި ހުންމަ ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ޚާއްސަ ގޮތް ތަކެއް ކަނޑައަޅައި "ބައިބެކް" ޕްރޮގްރާމެއް ތައާރަފު ކުރުމަށް ވިސްނަމުންދާ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ބާވެފައިވާ ވެހިކަލްތައް ދޫކޮށްލުން 18 ޕަސެންޓާއި 21 ޕަސަންޓް މީހުން ބޭނުންވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހެދި ސާވޭއަކުން ދައްކާ ކަމަށެވެ.

އަމީން ވިދަަޅުވީ ވިދާޅުވީ ވެހިކަލް ނަގަން ފަސޭހަ ސްކީމްތައް ތައާރަފް ކޮށްފައި ވާތީ ބޭނުންވާ ވަރަށްވުރެ އިތުރަށް ބައެއް މީހުން ވަނީ ވެހިކަލް ނަގާފައިވާ ކަމަށެވެ.

"ވަރަށް ފަސޭހައިން ލިބޭ ސްކީމްތައް ހުރީމަ ނަގައިގެން ލޯނާއި، މިކަހަލަ ދަތި ތަކުގެ ތެރެއަށް ވަދެވިފަ ތިބި އެތައް ފަރާތްތަކެއް ތިބީމަ، ދެ ވެހިކަލެއް ތިން ވެހިކަލެއް އަތުގައި ހުރީމަ ދޫކޮށްލަން ބޭނުން ވަނީ، އެހެންވީމަ އަޅުގަނޑުމެންނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށްތާ ބަދަލުވެގެން ދާނީ،" އަމީން ވިދާޅުވިއެވެ.

ބައިބެކް ޕްރޮގްރާމް ކުރިއަށް ގެންދާނީ ސަރުކާރުން ތައާރަފްކުރާ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން ކަމަށް އަމީން ވިދާޅުވިއެވެ.

"މާލެ ފަހި" ޕްރޮގްރާމް އަންނަ ހަފްތާގައި ކެބިނެޓަށް ހުށަހަޅާނެ ކަމަށާއި،  އެ ޕްރޮގްރާމްގެ ދަށުން ބައިބެކް ޕްރޮގްރާމައި، ޕާކިން ބިލްޑިންގތަކާއި އެކަމާ ގުޅުން ހުރި އެތައް މަސައްކަތެއް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ސަބަބުން ވެހިކަލް އިތުރުވާ މިންވަރު މަދުވެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *