ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ކުޑަކުއްޖަކާ ގުޅޭ ބަދުއަޚުލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ހުކުމެއް ހުޅުމާލެ ޖަލުގައި ތަންފީޒު ކުރަމުން ދިޔަ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް އަލި މަނިކު (83 އަހަރު) މިއަދު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން މިއަދު ބުނީ އާދަމް އަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް އާދަމް އަލި މަނިކު ހަރަކާތް ނުކުރާތީ، 12:00 ހާއިރު އެމަޖެންސީ ހާލަތުގައި އާދަމް އަލި މަނިކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ މެންދުރު 12:30 ހާއިރު ކަމަށް ކަރެކްޝަނުން ބުންޏެވެ. އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސް ކުރަމުން އައި މީހެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.

އާދަމް އަލި މަނިކު ނިޔާވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *