ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް މިމަހު 25 ނެގި އަންހެން މީހާއަކީ ބިދޭސީއެއްކަމަށް ފުލުހުން ބުނެފިއެވެ.
އެދުވަހު އެމީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިއުމުން ހޮސްޕިޓަލުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެދުވަހު ދެނެގަނެވިފައި ނުވާކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް އެދުވަ ފުލުހުންނަށް ރިޕޯޓް ކުރީ މެންދުރު 12:35 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އެއީ ބިދޭސީއެއްކަން ހާމަކުރި ނަމަވެސް އެމީހާއާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.