ފަތުރުވެރިޔާ ގެނައި ކުއްތާ ތުލުސްދޫއަށް އަރުވާ މަންޒަރު.

ފަތުރުވެރިޔަކު ތުލުސްދޫއަށް އެރުވި ކުއްތާއެއް ބޭރު ކޮށްފި

ފަތުރުވެރިޔަކު ތުލުސްދޫއަށް އެރުވި ކުއްތާއެއް ބޭރު ކޮށްފި

ފަތުރުވެރިޔަކު ކ. ތުލުސްދޫއަށް އެރުވި ކުއްތާއެއް އެރަށުން ބޭރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ކުއްތާއަކީ ކ. ހިއްމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިން ތަކެއް ގެންގުޅުނު ކުއްތާއެއް ކަމަށެވެ.

ފުލުުހުން ބުނީ އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެ އެތެރެ ކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެކުއްތާ މިހާރު ވަނީ އަނބުރާ އެ ޔޮޓަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިިފައިވާ ގޮތުގައި އެ ކުއްތާ އެރަށަށް އެރުވުމުން އޭތި ބޭރު ކުރީ، ރަށު ކައުންސިލުން ފުލުހުންނަށް އަންގައިގެންނެވެ.

އެ ކުއްތާ ގޮވައިގެން ފަތުރުވެރިޔާ ތުލުސްދޫއަށް ފައިބާ މަންޒަރުގެ ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިޔާގައި ދައުރު ވަމުންނެވެ. ކުއްތާ ތުލުސްދޫއަށް އެތެރެކޮށްފައި ވަނީ ހުއްދަ ނުހޯދައި ކަމަށާއި، އެއީ މަނާކަމެއް ކަމަށް އެ ރަށު ކައުންސިލުގެ ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *