މޫސުން ރަނގަޅުވާ ވަގުތު ޒަރޫރީ ކާބޯތަކެތި ރަށްރަށަށް ގެންދިޔުމަށް އިލްތިމާސް ކޮށްފި

މޫސުން ރަނގަޅުވާ ވަގުތު ޒަރޫރީ ކާބޯތަކެތި ރަށްރަށަށް ގެންދިޔުމަށް އިލްތިމާސް ކޮށްފި

ބުދަ ދުވަހާއި ހަމަޔަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާތީ ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރުރީ ތަކެތި އަވަހަށް، އެ ރަށްރަށަށް ގެންދިޔުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖަމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.

އެންޑީއެމްއޭން މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން، ދަތުރު ކުރުމަށް ބުރޫ އަރާފައިވާ ކަމަށެވެ.  އެހެންވެ ބައެއް ރަށްރަށުގައި ޒަރޫރީ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ވައި މަޑުވެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންވެ އެންޑީއެމްއޭ ވަނީ ރަށްރަށުގެ ހާލަތު ބަލައި، އެ މުއްދަތުގެ ތެރޭ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިޔުމަށް އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *