ސައޫދީގެ އަރަބިއްޔާގައި އޮތް ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ސައޫދީގެ އަރަބިއްޔާގައި އޮތް ޕެނަލް ޑިސްކަޝަނެއްގައި ޝަރީފް ބައިވެރި ވެއްޖެ

ސައޫދީގެ އަރަބިއްޔާގައި އޮތް ޕެނަލް ޑިސްކަޝަނެއްގައި ޝަރީފް ބައިވެރި ވެއްޖެ

"ޓޫރިޒަމް އެންޑް އޭވިއޭޝަން – އަ ސިމްބައޮޓިކް ރިލޭޝަންޝިޕް" ގެ ނަމުގައި އޭސީއައި ވޯލްޑުން ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި މޯލްޑިވްސް އެއާރޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ ޝަރީފް ބައިވެރި ވެއްޖެއެވެ.

"ވީއޭޖީއޭ 2024″ ގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކުރިއަށް ދިޔަ ފެއާރ އެއްގައި އޮތް މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި، ހުރި ގުޅުމާއި ބޭހޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ.

ޝަރީފްގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ އެއާޕޯޓު ތަކުގެ ވެރިންވެސް ވަނީ މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައެވެ. އެގޮތުން ސައުދީ ހިމެނޭހެން އިތުރު ދެގައުމެއްގެ އޮފިޝަލުން ބައިވެރިވެފައިވާކަން ފާހަގަ ކުރެވުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *