ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި ފަތުރުވެރިތަކެއް މޫދަށް އެރި އުޅޭ މަންޒަރު

ގެނބެމުންދިޔަ ފަތުރުވެރިޔާ ސަލާމަތް ކުރަން ދިޔަ ދިވެހި މީހާ މަރުވެއްޖެ

ގެނބެމުންދިޔަ ފަތުރުވެރިޔާ ސަލާމަތް ކުރަން ދިޔަ ދިވެހި މީހާ މަރުވެއްޖެ

ގެނބެމުންދިޔަ ފަތުރުވެރިއަކު ސަލާމަތް ކުރަން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ވަނީ އެކަން ކަޑަވަރުކޮށްދީފައެވެ. ފުލުހުން ބުނީ އދ. އަތޮޅުގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ގެނބުނު ފަތުރުވެރިޔަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދިވެއްސަކު މަރުވި ކަމުގެ ޚަބަރު ލިބުނީ މިއަދު 11:05 ގައި ކަމަށެވެ.

އެއީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.  އޭނާއަށް ފަރުވާ ދިނުމަށް އެ ރިސޯޓާއި ކައިރީގައި އޮންނަ އދ. ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ދިވެހި މީހާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.

އޭނާ މޫދަށް ފޭބީ ގެނބެމުންދިޔަ ޓޫރިސްޓަކު ސަލާމަަތް ކުރުމަށް ކަމަށްވާއިރު، އެ ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *