އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކޮށްފި

އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު ވަކިކުރައްވައިފިިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)ން މިރޭ ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުންނައި އެ ކުންފުނީގެ ބޯޑުން ޒުހޫރު ވަކިކުރައްވައިފައިވަނީ މިއަދު ކަމަށެވެ.

އެޗްޑީސީގެ، ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކޮށްފައި ވަނީ  މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޔޫތު މިނިސްޓަރުގެ މަގާމު އަދި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ހޯމް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގެ އަދާކުރައްވަމުން ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުގެ ވެސް އަދާކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *