އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމުން ނޫރްއައިން އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމުން ނޫރްއައިން އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން އައިޝާ ނޫރްއައިން ޖަނާ އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބުން ވިދާޅެއްނުވެއެވެ.

ނޫރްއައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން އެސްއޯއީ ތަކުގެ ބެލެނިވެރި ފަރާތް ކަަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންވެސް ވަނީ ޔަގީން ކޮށްދީފައެެ.

އެ ބޯޑުން މިއަދު ބުނީ އެމްއެމްޕީއާރުސީ ގެ ޗެއާޕާސަން އާއިޝާ ނޫރައިން ޖަނާހު 21 މެއި 2024 ވަނަ ދުވަހު އެމަގާމުން އިސްތިއުފާދީ، ޕީސީބީއަށް ސިޓީ ފޮނުވައިފައި ވާތީވެ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ. ނޫރްއައިން އެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިދިޔަ ހަފްތާގައި ނޫރްއައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ކުންފުނި، ރީސްޓްރަކްޗާކޮށް، ރީބްރޭންޑް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމަން ބޭނުންވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ޕްރޮމޯޓް ކުރުމުގައި ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާގެ ތެރެއިން ކަންކަން ކުރައްވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *