ސައޫދީ ރަސްގެފާނު ސަލްމާންގެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ސައޫދީ ރަސްގެފާނު ސަލްމާންގެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް-ސައުދްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

އުމުރުން 88 އަހަރުގެ ސަލްމާން ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ މެޑިކަލް ޓެސްޓު ތަކެއް ހެދުމަށްފަހު އެމަނިކުފާނުގެ ޕުއްޕާމޭގައި އިންފްލެމޭޝަން އުފެދިފައިވާކަން އެނގުމުންނެވެ. މިހާރު ސަލްމާނަށް ދަނީ އެންޓިބަޔޮޓިކްސް ދީގެން އެގައުމުގެ ޖިއްދާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

ސަލްމާންގެ ހާލުކޮޅު ދެރަވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފަސްކޮށްފައެވެ.

ރަސްގެފާނު ސަލްމާންގެ ގޯލްބްލެޑާ ނަގަން 2020 ވަނަ އަހަރު ވަނީ އޮޕަރޭޝަނެއް ކުރައްވާފައެވެ. އެމަނިކުފާނަކީ 2015 ވަނަ އަހަރު އަބްދުﷲ ރަސްގެފާނު އަވަހާރަވި ފަހުން ސައުދީ އަރަބިއްޔާގެ ތަހުތާއި ހަވާލުވެވަޑައިގަތް ބޭފުޅެކެވެ. 2017 ވަނަ އަހަރު މުހައްމަދު ބިން ނާއިފް ވަލީއަހުދުގެ މަގާމުން ދުރުކުރައްވައި، އޭނާގެ ބަދަލުގައި އެމަނިކުފާނުގެ ދަރިކަލުން ވަލީ އަހުދުގެ މަގާމަށް އައްޔަން ކުރައްވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *