މަރުވެފަ އޮތްވައި ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ އައިމަން

މަރުވެފަ އޮތްވައި ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ އައިމަން

މާފަންނު ގެއެއްގެ ގްރައުންޑް ފްލޯއިން މިއަދު މަރުވެފައި އޮތްވައި ފެނުނީ ގެއްލިގެން ހޯދަމުންދާތާ ހަތަރު ދުވަސް ވެފައިވާ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އެއީ އައިމަންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަައިމަން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާގެ އާއިލާއިންނެވެ.

އައިމަން އެންމެ ފަހުން ފެނިފައި ވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އައިމަން މަރުވެފަ އޮތްވައި ފެނިފައިވަނީ މ. ރަބީއުވިލާގައެވެ. އެގައިން އައިމަންގެ ހަށިގަނޑު ފެނިފައިވަނީ އައިމަން ހޯދުމުގެ މަސައްކަތައް ފުލުހުން އާންމުންގެ އެހީ އެދުނުތާ ދެގަނޑިއިރުގެ ތެރޭގައެވެ.

ރަބީއުވިލާއަކީ މިދިޔަ އޭޕްރީލް މަހު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފަޅު ގެއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *