20 މޭ 2024- އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ކްރެޝް ވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް —- ފޮޓޯ- އައިއައިއީ

އީރާންގެ ރައީސް އަވަހާރަވުން- ވެއްޓުނު ހެލިކޮޕްޓަރުގެ ފޮޓޯތައް އާންމު ކޮށްފި، ހެލިކޮޕްޓަރު ކުދިކުދިވެ އަލިފާނުގެ ބޮޑު ހާދިސާއެއް!

އީރާންގެ ރައީސް އަވަހާރަވުން- ވެއްޓުނު ހެލިކޮޕްޓަރުގެ ފޮޓޯތައް އާންމު ކޮށްފި، ހެލިކޮޕްޓަރު ކުދިކުދިވެ އަލިފާނުގެ ބޮޑު ހާދިސާއެއް!

އީރާނުގެ ރައީސް، އިބްރާހިމް ރައިސީ ދަތުރު ކުރައްވަމުން ގެންދެވި އެ ގައުމުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެލިކޮޕްޓަރު ވެއްޓި، ރައީސް އަވަހާރަވެފައިވާކަން އެ ގައުމުގެ މީޑީޔާ ތަކުން ކަށަވަރުކޮށް ދިނުމަށްފަހު، ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ކްރެޝް ވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް އާންމުކޮށްފިއެވެ.

20 މޭ 2024، އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ކްރެޝްވި ސަރަހައްދުގައި ރެސްކިޔު ޓީމުތައް ހަރަކާތްތެރިވަނީ —- ފޮޓޯ- އައިއައިއީ

ވެއްޓިފައި އޮތް ހެލިކޮޕްޓަރުގެ ފޮޓޯތައް އާންމު ކޮށްފައިވަނީ އިރާނުގެ ގައުމީ މީޑިޔާ އަދި ގައުމީ މީޑިޔާ އެފްލިއޭޓެޑް ނޫސް ތަކުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ކްރެޝްވުމުގެ ސަބަބުން ވަނީ އަލިފާން ރޯވެފައެވެ. އަދި ހެލިކޮޕްޓަރުގެ ވަނީ ވަރަށް ބޮޑަށް ކުދިކުދިވެފައެވެ. ހެލިކޮޕްޓަރު ކްރެޝްވެފައި ވަނިކޮށް ފެނިފައި ވަނީ ތުރުކީގެ ޑްރޯން އަކަށެވެ. ރެސްކިޔު ޓީމުން ކްރެޝް ޒޯނަށް ދިޔުމުން ފެނިފައި ވަނީ ފިހިފައިވާ ހަށިތަކެވެ. ކާކުކަން ދެނެނުގަނެވޭ ވަރަށް ހަށިގަނޑުތައް ވަނީ ފިހިފައެވެ.

20 މޭ 2024، އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ކްރެޝްވި ސަރަހައްދުގައި ރެސްކިޔު ޓީމުތައް ހަރަކާތްތެރިވަނީ —- ފޮޓޯ- އައިއައިއީ

ހެލިކޮޕްޓަރުގެ ޓެއިލް ނުވަތަ އެންމެ ފަހަތުގެ ބައިގެ ފޮޓޯތައް އާންމުވެފައިވާއިރު ފެންނަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފައިވާ މަންޒަރެވެ. ހެލިކޮޕްޓަރުގެ ވިންގު އޮތީ ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފައެވެ. ހެލިކޮޕްޓަރުގެ އެހެން އެއްވެސް ބައެއްގެ ފޮޓޯ އަދި އާންމު ކޮށްފައިނުވެއެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އިރާނުގެ ޑިޒްމީރު ސަރަހައްދުގެ ޖަންގަލީގެ ތެރެއަށެވެ.

އިރާންގެ ގައުމީ މީޑިޔާ އައިއާރްއެންއޭ ނޫހުން ރިޕޯޓު ކޮށްފައި ވަނީ އެ ހާދިސާގައި ރައީސް އަވަހާރަވެފައިވާ ކަމަށެވެ. ރައީސް އަވަހަރާ ވެފައިވާތީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވި އެވެ. އެ ބޭފުޅުންވެސް ވަނީ އަވަހާރަވެފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު އިރާނުގެ ޑިޒްމީރު ސަރަހައްދު. ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޖަންގަލީގެ ތެރެއަށް

އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ފަހު އެނބުރި އީރާނަށް ވަޑައިގަންވަނިކޮށް ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ވަނީ އެމަޖެންސީގައި ލޭންޑު ކޮށްފައެވެ. ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލަ ތަކެއް ދިމާވުމުގެ ސަބަބުން ލޭންޑް ކޮށްފައި ވަނީ އިރާނުގެ ރިމޯޓް އޭރިއާއެއް ނުވަތަ މީހުން އާބާދު ވެފައިނުވާ ދުރު ހިސާބަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި މުވާސަލާތި ހިދުމަތް ނެތް ސަރަހަދެއްގަައި އެ ހާދިސާ ހިނގުމުގެ ސަބަބުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.

މޫސުމީ ދަތިތަކާއެކުވެސް އިރާނުގެ އަސްކަރިއްޔާއިން ވަނީ ރައީސް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އިރާންގެ ނޫސް ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާނިއަން ރިވޮލިއުޝަނަރީ ގާޑްސްގެ ސާބެރިއަން ސްޕެޝަލް ފޯސް އަދި 65 ވަނަ އެއާބޯން ސްޕެޝަލް ފޯސް ބްރިގޭޑް ސިފައިން ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ފަށައިފައެވެ. މިއީ އިރާންގެ އަސްކަރިއްޔާގެ އެންމެ އެލީޓް ސިފައިން ކަމަށް އިރާންގެ ނޫސް ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *