މިއަދު ފޮނަދޫގައި އޮތް މުޒާހަރާއަށް މީހުން އެއްވެފައި. ފޮޓޯ: ސޯޝަލް މީޑިޔާ

ސިހުރު ހެދިކަމަށް ބުނާ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ސިހުރު ހެދިކަމަށް ބުނާ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ފުނަދޫ ދާއިރާ އިންތިހާބީ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) އަށް އަމާޒުކޮށް ސިހުރު ހެދި ކަމަށް ކުރި ތުހުމަތު ތަކާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

އެކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ، އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މެއިމަހުގެ ތިން ވަނަ ދުވަހުގައި ކަމަށެވެ. އެންމެ ފުރަތަމަ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ކޯޓުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *