ރައީސް ނަޝީދު ދެން އެމްޑީޕީއަށް އަޔަދީގެން ނުވާނެ: ރީކޯ މޫސަ

ރައީސް ނަޝީދު ދެން އެމްޑީޕީއަށް އަޔަދީގެން ނުވާނެ: ރީކޯ މޫސަ

އެމްޑީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު، ދެން އަލުން އެނބުރި އެމްޑީޕީއަށް އަޔަދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

"އެމްޑީޕީން ސިޔާސީ ކުރިމަގު ހޯދާ، މާލީ މަންފާއަށްޓަކާ ރައީސް ނަޝީދު އެމްޑީޕީގެ ދަފްތަރަށް އަލުން އަނބުރާ ވަނުމަށް ޖާގަ ތަނަވަސް ކުރުމުގެ ފުރުސަތު އެއްވެސް މެމްބަރަކު ހިތުން ރުހުމުން ނުދޭށެވެ. މިޕާޓީގެ ވެރިން ނަޝީދުއާއެކު ސިޔާސީ ފޮޓޯ ނުނަަގާށެވެ." މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މޫސަ ވިދާޅުވީ 2008 ގައި އެމްޑީޕީން ރައީސް ނަޝީދު ވެރިކަމަށް ގެނައުމުން 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާދީ އެމްޑީޕީގެ އެތަށް ބަޔަކަށް އެތަށް ގެއްލުމެއްދިން ކަމަށެވެ. އަދި 2013ގެ ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ނުކުންނެވި ގޮތާއި، 2014ގެ  މަޖްލިސް އިންތިހާބަށް ޕާޓީގެ އެތަށް މެމްބަރުންނަކަށް ޕްރައިމަރީން  ޖާގަނުދީ، ނަޝީދުގެ ބާރު ޕާޓީގެ ގައުމީ މަޖްލީހުގައި ގަދަ ކުރުމަށް ހަގީގީ އެމްޑީޕީ މެމްބަރުންގެ އެތަށް ބަޔަކު ވޯޓުލެވޭ ލިސްޓް ތަކުން ބޭރު ކުރުން ވެގެންދިޔައީ އެ އިންތިހާބުން ބަލިވުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ނަތީޖާ އަކަށްވީ މޫސަ ޕާޓީން  ބޭރުކުރުން ކަމަށްވެސް އޭނަ ވަނީ ވިދާޅުވެފައެވެ.

"2023 ގެ އިންތިހާބުން އެމްޑީޕީ ބަލިވުމުގެ އެއްސަބަބު ކަމުގާއިވާ ނަޝީދުގެ ރޫޅާލުން އެމްޑީޕީ މެމްބަރުން ހަނދާންނުނައްތާށެވެ، ނަޝީދުއާނުލާ އެމްޑީޕީ ކުރިއަށް  ގެންދެވޭނެއެވެ،" މޫސަ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *