އިރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް

އިރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް

އީރާނުގެ ރައީސް، އިބްރާހިމް ރައިސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ.

އެމަނިކުފާނާ އެކީގައި އީރާނުގެ ފޮރިންގ މިނިސްޓަރު އަމީރު އަބްދުﷲ ވެސް ދަތުރުގައި ބައިވެރިވި ކަމަށް އީރާނު ސަރުކާރުގެ އިސްވެރިންނާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ އަސްކަރިއްޔާގެ ރެސްކިއު ޓީމުތައް ކުއްލި އޮޕަރޭޝަންތައް ފަށާފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރު ޖެއްސި  ސަރަހަށްދު ދެނެގަނެވިފައެއް ނުވެއެވެ. މި އޮޕަރޭޝަންގައި އަސްކަރީ ޑްރޯން ތަކާއި ވައިގެ އެކިއެކި އުޅަނދުތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް، އަދި ރައީސީ ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ހޯދިފައެއް ނުވެއެވެ.

މި ނުރައްކާތެރި ހާދިސާގައި އީރާނުގެ ރައީސް، ރައީސީ އަދި ފޮރިންގ މިނިސްޓަރު އަމީރު އަބްދުﷲ އަވަހާރަވެފައިވާ ކަމަށްވެސް ބައެއް މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެން ނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރު ކުރެވޭގޮތެއް އަދި ނުވެއެވެ.

މިދަންޑިވަޅުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޚާމަނާއީ ގެންދަވަނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހާއެކު ކުއްލި ބައްދަލުވުމެއް ބާއްވަމުންދެއެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެއެވެ.

ރައީސް، ރައިސީ ދިރިހުއްޓާ ނުފެނިއްޖެނަމަ އެމަނިކުފާނުގެ ބަދަލުގައި ނައިބު ރައީސް މުހައްމަދު މޮޚްބަރު، ވެރިކަމާއި ހަވާލުވެވަޑައިގެން ހުވާ ކުރެއްވުމަށް ފަހުގައި ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް އީރާނު ސަރުކާރުގެ ރަސްމީ ޓީވީ ޗެނަލުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *