ފުލުހުން ތަކަކަށް ވަޅިން ބިރު ދެއްކި ތިން މީހުން ހައްޔަރު ކޮށްފި

ފުލުހުން ތަކަކަށް ވަޅިން ބިރު ދެއްކި ތިން މީހުން ހައްޔަރު ކޮށްފި

ކުލަ ހެދުމުގައި ތިބި ފުލުހުން ތަކަކަށް ވަޅިން ބިރު ދެއްކި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކުލަ ހެދުމުގައި ތިބި 2 ފުލުހަކަށް ބިރު ދައްކާފައި ވަނީ ރޭ 10:00 ހާއިރު ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ތިން މީހުންނަކީ ވެސް ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި މައްސަލައިގައި މީހުން ހައްޔަރު ކުރުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތް ތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތާމެދު ޝަކުވާތައް ލިބިފައިވާ ކަމަށާއި، އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *