އެތެރޭގެ ދަތުރު ތަކުގައި އަތް ދަބަހަށް ލެވޭނީ 100 އެމްއެލްގެ ދިޔާ ތަކެތި ކަމަށް ނިންމައިފި

އެތެރޭގެ ދަތުރު ތަކުގައި އަތް ދަބަހަށް ލެވޭނީ 100 އެމްއެލްގެ ދިޔާ ތަކެތި ކަމަށް ނިންމައިފި

އެތެރޭގެ އުދުހުން ތަކުގައިވެސް އަތް ދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތް ތަކެއް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ރެގިއުލޭޓަރު، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ) އިން ކަނޑައަޅައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ދާސާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ އުސޫލަކީ، ދިޔާ ތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރު 100 އެމްއެލްއަށް ވުރެ ބޮޑުނުވާނަމަ، ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރެވެ.

ދާސާ އިން ބުނީ، ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ފަށަން ނިންމާފައިވާ ތާރީޚެއް އެ ފަރާތުން ނުބުނެއެވެ.

ނަމަވެސް ބައެއް ޑޮމެސްޓިކް އެއާލައިން  ތަކުގެ އޮފިޝަލުން ވަނީ މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލު ކުރަން އަންގާފައިވާ ކަމަށް ބުނެފއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *