އިންޑިޔާ ބޯޓަކުން ވަގަށް މަސްވެރިކަން ކުރުމުން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށް، ބޯޓު ފުރުވާލައިފި

އިންޑިޔާ ބޯޓަކުން ވަގަށް މަސްވެރިކަން ކުރުމުން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށް، ބޯޓު ފުރުވާލައިފި

އިންޑިޔާގެ މަސް ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފު ކޮށްދީފިއެވެ.

މި މައްސަލައަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އިންޑިޔާގެ އުޅަނދެއް ކަމަށްވާ "ހޮލީ ސްޕިރިޓް" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައި ވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި، "ހޮލީ ސްޕިރިޓް" ބޯޓުވެސް ދިވެހި ދައުލަތަށް ނެގުމަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ފިޝަރީސް މިނިސްޓްރީ އިން ހުށެހަޅުމުން ސިވި ލްކޯޓުން ބެލި މައްސަލައެކެވެ.

މި މައްސަލައިގެ ނިންމުމުގައި ސިވިލް ކޯޓުން ބުނެފައި ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިޔަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 10 މާޗް 2024 ގައި ފޮނުވާފައިވާ ސިޓީ އިން މައާފު ކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ދައުލަތުން ހިފަހައްޓާފައި، ދައުލަތަށް ނަގަން އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން އެފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ބޭނުން ކަމަށް، ފިޝަރީޒް މިނިސްޓްރީން 7 މެއި 2024 ގައި ފޮނުވި ސިޓީން އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން ފިޝަރީޒް މިނިސްޓްރީން އިންޑިޔާގެ އެންތަނީ ޖަޔަބަލަންގެ މައްވަށް ހުށަހެޅި މައްސަލައިގެ ދައުވާފޯމް ބާތިލް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *