މޫސުން ވަރަށް ގޯސް، ބްރިޖުން ދަތުރު ކުރާއިރު ސަމާލުވާން އިލްތިމާސް ކޮށްފި

މޫސުން ވަރަށް ގޯސް، ބްރިޖުން ދަތުރު ކުރާއިރު ސަމާލުވާން އިލްތިމާސް ކޮށްފި

ގަދަ ވަޔާއެކު ވިއްސާރަވެ، މާލެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ބުރިޖު މަތިން ދަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރުމުގައިވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަނޑު އުޅަނދުގައި ދަތުރަށް ފުރާއިރު އުޅަނދުގެ ސަލާމަތީ ކަންކަމާއި މުވާސަލާތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ބުނީ މާލެ އާއި ހުޅުމާލެ ބުރިޖުން، ދަތުރުކުރާ ފަރާތް ތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މޫސުން ގޯސްވެ، ވިިއްސާރަވެ، ވައި ގަދަ ވެއްޖެނަމަ، ބްރިޖާއި ހައިވޭގެ ބަޔެއް ހިސާބު ތަކަށް ރާޅު ޖެހުމާއި، ހައިވޭއަށް ވެއްޔާއި ގާ އަރައި އުޅަނދުތައް ނުދުއްވޭ ވަރުވެސް ވެފައި އެބަ ހުއްޓެވެ. އަދި ނުރައްކާތެރި އެކްސިޑެންޓްތައްވެސް ވެފައި އެބަހުއްޓެވެ.

މެޓް އޮފީހުން މިއަދު ބުނީ މާދަމާގެ ހެނދުނާ ހަމައަށް ރާއްޖޭގެ އެކި ހިސާބު ތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. މިއަންނަ ބުރާސްފަތި ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ މޫސުން ގޯސްވާނެ ކަމަށެވެ.

އެ މުއްދަތުގައި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސް ތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާ ތަކުން އިލްތިމާސް ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *