ހުޅުމާލޭ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުވާ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގެ އެ މީހާ ފެނުނީ އުޅަނދު ތެރޭގައި ޚަބަރު ހުސްވެފައި އޮއްވައެވެ. ނަމަވެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައި ނުވާތީ، އެ މީހާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތަކާމެދު އާއިލާއާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.