ދަރިފުޅު ގައިގައި ޖެހި ބައްޕަ ރުޅި މަޑު ކުރަން 40 ގަޑިއިރު ކައުންސިލިންގ ހޯދަން އަންގައިފި

ދަރިފުޅު ގައިގައި ޖެހި ބައްޕަ ރުޅި މަޑު ކުރަން 40 ގަޑިއިރު ކައުންސިލިންގ ހޯދަން އަންގައިފި

ގައިގައި އަތްލުމުގެ ކުށުގައި ދަރިފުޅުގެ ގައިގައި ޖެހި މީހަކު، ރުޅި މަޑު ކުރަން 40 ގަޑިއިރުގެ ކައުންސިލިންގ ހޯދަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައިގައި އެކަން ކުރުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ ކ.ކާށިދޫ މަލަސް އިބްރާހިމް ސިރާޖުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި ކޮށްފައިވެއެވެ.

އޭގެތެރެއިން އެއް ދައުވާއަކީ އޭނާގެ އަންހެނުން ކ.ކާށިދޫ ދޫރެސް ޝީޒާ މުހައްމަދުގެ ގައިގައި އަތްލުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރި ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ  އިބްރާހިމް ސިރާޖު 7 މެއި 2020 ވަަނަ ދުވަހުގެ 19:51 ހާއިރު ހ.ޒައިތޫނިކުރި "3 ބީ ފަންގިފިލާ" ގައި އޭނާގެ އަނބިމީހާ ޝީޒާ މުހައްމަދު ދިރިއުޅޭ ގެއަށްގޮސް ގަދަކަމުން ޝީޒާގެ ފޯނު ހިފައިގަނެގެން ދާން އުޅުމުން، އެގޭ ސިޑިމަތީގައި އޭނާ ހުއްޓުވަން ޝީޒާ މަސައްކަތްކުރި ވަގުތު ޝީޒާ ކޮށްޕާލުމުން ޝީޒާ އެގޭގެ ސިޑި މައްޗަށް ވެއްޓި އަނިޔާވެފައި ވާތީ އާއި، މި ދެމީހުންނަށް ލިބިފައިވާ ދަރިންގެ ކުރިމަތީގައި އެކި ދުވަސް މަތިން ޝީޒާއަށް އަނިޔާ ކޮށްފައި ވާތީއެވެ. މި ދައުވާއަށް ސިރާޖު ވަނީ އިންކާރު ކޮށްފައެވެ.

ކޯޓުގައި ސިރާޖު ބުނެފައި ވަނީ އަންހެނުންނަށް އަނިޔާ ނުކުރާ ކަމަަށެވެ. އަދި އޭރު އަންހެނުން މަސައްކަތް ކުރަމުން ދިޔައީ ކައިވެނީގެ ގޮތުން އިތުރު އެހެން މީހަކާ ގުޅުމަށްޓަކައި ވަރިވާން ކަމަށާއި، އެހެން ކަމުން އެ ކަމަކީ ދެ މައިންގެ ބޮލަށް ސަވާރުވެގެން އޭނާ ކޮށްގެން އުޅޭ ކަމެއް ކަމަށާއި، އެކަމަކީ ރާވައިގެން ދުރާލައި، ހިންގަމުން އައި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އަންހެނުންނަށް އެހެން ފިރިހެނަކު ފެނިގެން 23 އަހަރު ދުވަސް ވަންދެން އޭނާ އަންހެނުންނަށް ކުރި ޚިދުމަތް ބަަލައިނުގަނެ، އޭނާއަކީ ބޮޑު އަނިޔާވެރި އަކަށް ހަދައިގެން އުޅެނީ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ހެކިންގެ ހެކިބަހަށް ބަލައި، ގައިގައި އަތްލުމުގެ ކުށުން ސިރާޖު ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި އެކަމުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލް އުޤޫބާތުގެ ދަށުން 2 މަހާއި 21 ދުވަހުގެ މުއްދަތަށް ސިރާޖު ޖަލަށްލުމަށް ކަނޑައަޅައި އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ އެއްމަހާއި 29 ދުވަސް ކަމަށް ވަނީ ހުކުމް ކޮށްފައެވެ. އެއީ އެ މައްސަލައިގެ ތަހުގީގަށް ބަންދު ކޮށްފައިވާތީ އެ  މުއްދަތު ކެނޑުމަށް ފަހުގައެވެ.

އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ދަރިފުޅުގެ ގައިގައި ޖަހައިގެން ކުރި ދައުވާއެކެވެ. އެ ދައުވާއަކީވެސް ގައިގައި އަތްލުމުގެ ދައުވާއެކެވެ.

އެ ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ އިބްރާހިމް ސިރާޖު 29 ޖަނަވަރީ 2020 ވަނަ ދުވަހުގެ 1:00 ހާއިރު ހ.ޒައިތޫޏިކުރި "3 ބީ ފަންގިފލާ" ގައި އޭނާގެ އަންހެނުން ޝީޒާ މުހައްމަދާއި ހަޑި ހުތުރު ބަހުރުވައިން އަޑު ގަދަކޮށް ހަޅޭއްލަވައި، ޝީޒާގެ އަތުގައި ހިފައިގެން ގަދަ ކަމުން ބޭރަށްދާން އުޅުމުން އޭނާގެ ދަރިފުޅު ފާތިމަތު ޝިރާ ސިރާޖް އެކަން ހުއްޓުވަން މަަސައްކަތް ކުރުމުން އެކުއްޖާ ލައިގެން ހުރި ޓީޝާޓުގައި ހިފައި ދަމައިގަނެ ބުރަކައްޓާ ދިމާލުން ވީދާލާފައި ވާތީ އާއި ފާތުމަތު ޝީރާ ސިރާޖުގެ ބޮލުގެ ވާތް ފަރާތާއި، ވާތް ފަރާތު ކޯމަތީގައި ދެ ފަހަރަށް ޖަހާފައިވާތީއެވެ. މި ދައުވާއަށްވެސް އޭނާ އިންކާރުިުރިއެވެ.

ނަމަވެސް ކުރިިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޕީޖީން އޭނާގެ މައްޗަށްކުރި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ޤާނޫނު އަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑަަޅާ ކަމަށެވެ.

ދަރިފުޅު ފާތިމަތު ޝިރާ ސިރާޖުގެ މޫނުމަތީގައި ޖަހައި އޭނާގެ ގައިގައި އިބްރާހިމް ސިރާޖު ރުހުމެއްނެތި އަތް ލާފައި ވާކަން ސާބިތު ވެފައިވާތީ ގައިގައި އަތްލުމުގެ ކުށުން ސިރާޖު ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުޤޫބާތެއްގެ ގޮޮތުން 1 މަސް ދުހުގެ މުއްދަތަަށް ޖަލަށްކުމަށް ކަނޑައަޅައި، ޤާނޫނުލް އުޤޫބާތުގެ ދަށުން ރުޅި މައިތިރިކޮށް ރުޅި މަޑުކުރުމާގުޅޭ ފަރުވާ ދިނުމުގެ ހުއްދަ ސަރުކާރުން ލިބިފައިވާ ކައުންސިލަރެއްގެ ފަރާތުން 40 ގަޑިއިރުގެ ކައުންސިލިން ހޯދުމަށް އިބްރާހިމް ސިރާޖުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *