ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ހުކުމް ކޮށްފި

ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ހުކުމް ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އަބްދުލްއަޒީޒު އާދަމް ކިޔާ މީހަކަށެވެ.

އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ޤާނޫނުގެ 9 މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އަބްދުލްއަޒީޒު އާދަމް ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

މި ކުށުގެ އުޤޫބާތެއްގެ ގޮތުން އަބްދުލްއަޒީޒު އާދަމް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށްް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށްވެސް ހުކުމްގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *