ރޭ ފަތިހު ފުރާޅު އެއްލާލި ގެއެއްގެ ފުރާޅު މައްޗަށް އަރައި ބަޔަކު އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ. ފޮޓޯ: ދިއްދޫ ކައުންސިލް

ދިއްދޫއަށް ނަގޫ ރޯޅިއެއް އަރައި ހަޔެއްކަ ގޭގެ ފުރާޅު އެއްލާލައިފި

ދިއްދޫއަށް ނަގޫ ރޯޅިއެއް އަރައި ހަޔެއްކަ ގޭގެ ފުރާޅު އެއްލާލައިފި

ހއ. ދިއްދުއަށް ކުރަމުންދާ ވިއްސާރާގައި، ރޭ ފަތިހު އެރަށަށް ނަގޫ ރޯޅިއެއް އަރައި ގެއްލުން ތަކެއް ވެއްޖެއެވެ.

ދިއްދޫ ކައުންސިލުން ބުނީ ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ދިއްދޫ ފްލެޓް ސަރަހައްދަށް އެރި ނަގޫ ރޯޅީގައި، ހަ ގެއެއްގެ ފުރާޅު އެއްލާލައި، އެކި ވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ދިއްދޫ ކައުންސިލުން ބުނީ ހަޔެއްކަ ގޭގެ ފުރާޅި އެއްލާލިއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ގާތްގަނޑަކަށް 10 ނުވަތަ 12 ގެއަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *