ދަށު ކޯޓުން ނިންމީ ކުޑަކުއްޖާއާއި ބެހުނު މީހާ ދޫކޮށްލަން، ހައިކޯޓުން އަމުރު ކުރީ ހައްޔަރު ކުރަން

ދަށު ކޯޓުން ނިންމީ ކުޑަކުއްޖާއާއި ބެހުނު މީހާ ދޫކޮށްލަން، ހައިކޯޓުން އަމުރު ކުރީ ހައްޔަރު ކުރަން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ހައްޔަރު ކުރި މީހަކު ބަންދުގައި ބެހެއްޓުމަށް ފަހު، އޭނާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށް އޭނާ ހައްޔަރު ކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދަށު ކޯޓުގައި 16 ނޮވެންބަރު 2023 ވަނަ ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައެކެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު، އެ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުން ތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް ކުށްތަކާއި ގުޅިގެން އޭނާގެ ފަރާތުން މުޖްތަމައުގައި އުޅޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު އޮތްކަމަށް ފެންނާތީ އާއި މި މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތް ކަމަށް ބަޔާން ތަކުން އެނގެން ހުރި ގޮތަށް ބަލާއިރު މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް 3 ނޮވެމްބަރު 2023 ގައި ދަށު ކޯޓުން އަމުރު ކުރިއެވެ.

ނަމަވެސް އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި އެމީހާ ކޯޓަށް ހުށަހެޅުމުން، އޭނާއަކީ ހަކުރުބަލީގެ ވަރަށް ނާޒުކު ހިސާބެއްގައި ހުރި ފަރާތެއްކަމާއ،ި އޭނާއަކީ އެ ބައްޔަށް އިންސިއުލިންވެސް ޖަހަމުންދާ މީހެއްކަމާއ،ި ހަކުރު ކޮންޓްރޯލް ނުވެގެން ފެއިންޓް ވެފައިވާ މީހެއް ކަމަށް  ވުމުންނާއި، ވަކިގޮތަކަށް އޭނާގެ ޑައިޓް ބަހައްޓަން ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި، އޭނާގެ ބަލި ހާލަތަށާއ،ި އުމުރަށް ބަލާއިރު، އެއީ ޖަލުގައި ބެހެއްޓުން ރައްކާތެރި މީހެއް ނޫން ކަމަށާއި، މި ބަލީގެ ސަބަބުން ވަގުތުން ވަގުތަށް ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާ ކުރިމަތި ވެދާނެ މީހެއް ކަމަށާއި، ކުށުގެ ރެކޯޑަށް ބަލާއިރުވެސް އޭނާގެ އެއްވެސް އެފަދަ ރެކޯޑެއް ނެތް ކަމަށާއި، އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ އެހެން ގެއަކަށް ބަދަލު ކޮށްފައި ވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރި މަތިވެދާނެ ކަމަށް ބެލެވޭނަމަ، އެ ޙާލަތު ޝަރުތު ތަކެއް ކޮށްގެންވެސް ނައްތާލެވިދާނެ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވާނަމަ، އާއިލާގެ އެހެން މެންބަރުންގެ ފަރާތުންވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮންނާނެ ކަމަށް ވުމުން އޭނާ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރު ކުރިއެވެ.

އެ ކަމާއި ގުޅިގެން އެ ކޯޓު އަމުރު ބާތިލް ކުރަން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށް ފަހު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އަދި ހައިކޯޓުގެ ގަޒިއްޔާގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެމީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން، ނުވަތަ ނޫންކަން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުން ކަނޑަ އަޅަންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށްވެސް ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *