އެއާރޕޯޓުގައި މިއަދު ހެނދުނު ހިނގި މާރާމާރީގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިޔާ

އެއާރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރު ކޮށްފި

އެއާރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރު ކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން ތަކެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެއާރޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ނުބުނެއެވެ.

އެ މާރާމާހިންގި ވީޑިޔޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ. އެ ވީޑިޔޯ އިން ފެންނަނީ ބިދޭސީ މީހާ އެއާރޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކާ މާރާމާރީ ހިންގާތަނެވެ. އެގޮތުން އެއާރޕޯޓުގެ މުވައްޒަފަކު އޭނާއާ ވާހަކަ ދައްކަން އުޅުމުން ރުޅި އައިސްގެން ގޮށްމުށުން އެމީހާ މުވައްޒަފުގެ ގައިގައި ޖަހައެވެ. އޭގެ ފަހުން އެހެން މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާލުމުން އޭނާ ގައިގައި ވެސް ގޮއްމުށުން ޖަހައެވެ.

ފުލުުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކަން ހިނގަން ދިމާވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *