ފިހާރައެއްގައި ބަހައްޓައިގެން މަސްތުވާތަކެތި ވިއްކި ބަންލަދޭޝް މީހަކު ހައްޔަރު ކޮށްފި

ފިހާރައެއްގައި ބަހައްޓައިގެން މަސްތުވާތަކެތި ވިއްކި ބަންލަދޭޝް މީހަކު ހައްޔަރު ކޮށްފި

ފިހާރައެއްގައި ބަހައްޓައިގެން މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ރާއްޖޭގައި މަސައްކަތްކުރާ ބަނގްލާދޭޝް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުން 32 އަހަރުގެ ރުހުލް އަމިން ކިޔާ މީހެއް ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ފުލުހުން ވަނީ ކޮށްފައެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އޭނާ މަސައްކަތްކުރާ ފިހާރައިން ޓްރެފިކް މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވުމުން ކަމަށެވެ. މަސްތުވާތަކެތި ކިރަން ގެންގުޅޭ ކަމަށް ބެލެވޭ ޑިޖިޓަލް ކައްޓާއަކާއި މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ ސެލޯފިންކޮޅު ތަކެއް އެ ފިހާރައިން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މަސްތުވާތަކެތި ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ފޯނު ނަމްބަރަކީ އޭނާގެ ނަންބަރު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާ ބުނެފައި ވަނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށެވެ. އަދި އެ ފިހާރާގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހުގެ މުއްދަތަކަށް މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *