ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓު ކަމަށް "ދަ ޕްރެސް"ގެ އެޑިޓަރު ސައްމާން

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓު ކަމަށް "ދަ ޕްރެސް"ގެ އެޑިޓަރު ސައްމާން

"ދަ ޕްރެސް" ނޫހުގެ އެޑިޓަރު އަލީ ސަމްއާން ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

އޭނާ އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކީ ކުރީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑު) އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ސަމްއާން އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ދިވެހި ރާއްޖޭގެ އަޑުގައެވެ. އޭގެ ފަހުން ޓެލެވިޒަން މޯލްޑިވްސް ހިންގުމަށް އުފެއްދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަމާއި އެ ބޯޑުގެ ކޮންޓެންޓް ކޮމިޓީގެ ޗެއާރމަން ކަމުގެ މަގާމުވެސް އަދާ ކުރެއްވިއެވެ.

ސަމްއާނަކީ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސްގެ މަގާމުވެސް އަދާ ކުރެއްވުމުގެ އިތުރުން އެޑިޓާސް ގިލްޑުގެވެސް މެންބަރެކެވެ.

ސައްމާނަށް ވަނީ، 2020 ވަނަ އަހަރު ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަން ކުރިއެރުވުމާއި މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *