ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދެކުނު އަތޮޅެއްގައި ހިމެނޭރަށެއްގައި ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލަމުންދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ރައްކާތެރިކަމަށް ވަނަވަރު ހާމައެއް ނުކުރެއެވެ.